34 · Makkī

سبإ

Saba·Sheba

✦ memorize this sūrah

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

  1. ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْـَٔاخِرَةِ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ﴿١﴾

    حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގައިވާހާ އެއްޗަކާއި، ކަމެއް، އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އަދި آخرة ދުވަހުންވެސް حمد ހުރީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.

  2. يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا وَهُوَ ٱلرَّحِيمُ ٱلْغَفُورُ﴿٢﴾

    ބިމުގެ ތެރެޔަށް ވަދެގެންދާހާ ތަކެއްޗާއި، އެ ބިމުގެ ތެރެއިން ނިކުންނަހާ ތަކެއްޗާއި، އުޑުން ފައިބާހާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާހާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

  3. وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَٰلِمِ ٱلْغَيْبِ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَٰبٍ مُّبِينٍ﴿٣﴾

    كافر ވި މީހުން ބުނޫއެވެ. قيامة ވުމުގެ ވަގުތު ތިމަންމެންނާ ހަމަޔަކަށް ނާންނާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކިއެއްތަ! އެހެންނަކުންނޫނެވެ. ތިމަންގެ ވެރިރަސްކަލާނގެ ގަންދެއްވަމެވެ. އެވަގުތު (އެބަހީ: قيامة ވުމުގެ ވަގުތު) ތިޔަބައިމީހުންނާ ހަމަޔަށް އަންނާނެކަން ކަށަވަރެވެ. އެކަލާނގެއީ، غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި، ބިމުގައިވާ ذرّ އެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނެއް ނުވެތެވެ. بيان ވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިވާ ކަމުގައި މެނުވީ ނުވެތެވެ.

  4. لِّيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ﴿٤﴾

    (އެއީ) إيمان ވެ صالح عمل ތައްކުޅަ މީހުންނަށް (ހެޔޮ) ޖަޒާ ދެއްވުމަށްޓަކައެވެ. އެއުރެންނަށް ފާފަފުއްސެވުމާއި، ދީލަތިވެގެންވާ رزق ހުށްޓެވެ.

  5. وَٱلَّذِينَ سَعَوْ فِىٓ ءَايَٰتِنَا مُعَٰجِزِينَ أُو۟لَٰٓئِكَ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ﴿٥﴾

    ތިމަންރަސްކަލާނގެ (ބާވައިލެއްވި) آية ތަކާ ދެކޮޅުހަދަމުން ހިނގިމީހުން (ދަންނާށެވެ!) ވޭންދެވިނި އެންމެގަދަ عذاب ން އެއުރެންނަށް عذاب ހުށްޓެވެ.

  6. وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ﴿٦﴾

    ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ حق ބަސްފުޅު ކަމުގައި، އެއުރެންނަށް علم ލިބިގެންވާ މީހުން ދެކޭނެތެވެ. އަދި އެ ފޮތް މަގުދައްކަނީ، عزيز ވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ މަގަށެވެ.

  7. وَقَالَ ٱلَّذِينَ كَفَرُوا۟ هَلْ نَدُلُّكُمْ عَلَىٰ رَجُلٍ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍ جَدِيدٍ﴿٧﴾

    كافر ވިމީހުން ބުނޫއެވެ. ތިޔަބައިމީހުން މަރުވެ، ކުދިކުދި އެތިކޮޅުތަކަކަށް ވަކިވެދާހިނދު، އަލުން އާ އުފެއްދުމެއްގައި ހަމަކަށަވަރުން، ތިޔަބައިމީހުން އުފެދިގެންދާނެކަމަށް ތިޔަބައިމީހުންގެ ގާތުގައި ބުނެ، خبر ދޭމީހަކު ތިޔަބައިމީހުންނަށް ތިމަންމެން ދައްކަންހެއްޔެވެ؟

  8. صفحة ٤٢٩
  9. أَفْتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةٌۢ بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ فِى ٱلْعَذَابِ وَٱلضَّلَٰلِ ٱلْبَعِيدِ﴿٨﴾

    އޭނާ اللَّه އާމެދު ހަދައިގެން ދޮގެއް ބުނީހެއްޔެވެ؟ ނުވަތަ އޭނާގެ ކިބައިގައި މޮޔަކަމެއް ހުންނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! آخرة އަށް إيمان ނުވާ މީހުން (آخرة ގައި) ވަނީ عذاب ގައެވެ. އަދި (ދުނިޔޭގައި އެއުރެންވަނީ) ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.

  10. أَفَلَمْ يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًا مِّنَ ٱلسَّمَآءِ إِنَّ فِى ذَٰلِكَ لَـَٔايَةً لِّكُلِّ عَبْدٍ مُّنِيبٍ﴿٩﴾

    އަދި އުޑާއި، ބިމުން އެއުރެންގެ ކުރިމަތީގައިވާތަނާއި، އެއުރެންގެ ފުރަގަހުގައިވާތަން، އެއުރެންނަށް ނުފެންނަނީ ހެއްޔެވެ؟ ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ބިންގަނޑު އެއުރެންނާއިގެން ގަންބަވައިގެންފާހުށީމެވެ. ނުވަތަ އުޑުން ތަންތަންގަނޑު އެއުރެންގެ މައްޗަށް ވައްޓަވައިފާހުށީމެވެ. ހަމަކަށަވަރުން، އެކަމުގައި އެކަލާނގެއަށް توبة ވެ، رجوع ވާ ކޮންމެ އަޅަކަށް ހެތްކެއްވާކަން ކަށަވަރެވެ.

  11. وَلَقَدْ ءَاتَيْنَا دَاوُۥدَ مِنَّا فَضْلًا يَٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ وَأَلَنَّا لَهُ ٱلْحَدِيدَ﴿١٠﴾

    އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނަށް ތިމަންރަސްކަލާނގެ حضرة ން فضل ވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއެވެ! އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް تسبيح ކިޔާށެވެ! އަދި ދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ.

  12. أَنِ ٱعْمَلْ سَٰبِغَٰتٍ وَقَدِّرْ فِى ٱلسَّرْدِ وَٱعْمَلُوا۟ صَٰلِحًا إِنِّى بِمَا تَعْمَلُونَ بَصِيرٌ﴿١١﴾

    (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ.) ތިމާމެންގެ ހަށިތައް ނިވައިކޮށް ރައްކާތެރިކުރާ ދަހަނާތައް ހައްދަވާށެވެ! އަދި ދަހަނާތައް ހެއްދެވުމުގައި، މިންތައް ބައްލަވައި، ރަނގަޅަށް ހަމަކުރައްވާށެވެ! އަދި ތިޔަބައިމީހުން صالح عمل ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

  13. وَلِسُلَيْمَٰنَ ٱلرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ وَأَسَلْنَا لَهُۥ عَيْنَ ٱلْقِطْرِ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِۦ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ﴿١٢﴾

    އަދި سليمان ގެފާނަށް ތިމަންރަސްކަލާނގެ ވައިރޯޅި ކިޔަމަންކުރެއްވީމެވެ. އެ ވައިރޯޅީގެ ހެނދުނުގެ (އެބަހީ: މެންދުރުކުރީގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި އެ ވައިރޯޅީގެ ހަވީރުގެ (އެބަހީ: މެންދުރުފަހުގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަތުލޯވިރުވައި ދެއްވީމެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅާއެކު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަސައްކަތްކުރާ ބަޔަކު، ޖިންނީންގެ ތެރެއިން ލެއްވީމެވެ. އެ ޖިންނީންގެ ތެރެއިން، ތިމަންރަސްކަލާނގެ أمر ފުޅުން އެއްކިބާވެ، ނުކިޔަމަންތެރިވާ ބަޔަކަށް، ނަރަކައިގެ ހުޅުގަނޑުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. (ނޯޓު: ވައިރޯޅީގެ މަސްދުވަހުގެ ދަތުރޭ ބުނެވުނީ ފައިމަގުގައި ހިނގާ ދަތުރުވެރިޔަކަށް މަސްދުވަހުން ދެވޭހާހިސާބަށް ވައިރޯޅީގެ ބޭނުންކުރައްވައިގެން ހެނދުނު ދަތުރެއް، ހަވީރު ދަތުރެއް ކުރެއްވޭނެގޮތް، اللَّه، سليمان ގެފާނަށް މެދުވެރިކޮށްދެއްވުމަށެވެ.)

  14. يَعْمَلُونَ لَهُۥ مَا يَشَآءُ مِن مَّحَٰرِيبَ وَتَمَٰثِيلَ وَجِفَانٍ كَٱلْجَوَابِ وَقُدُورٍ رَّاسِيَٰتٍ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًا وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ﴿١٣﴾

    އުސްވެގެންވާ ބިނާތަކާއި، ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް އެއުރެން އެކަލޭގެފާނަށް ހަދައިދެތެވެ. އޭ داود ގެފާނުގެ آل ންނޭވެ! (އެކަލާނގެއަށް) شكر ވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) عمل ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ.

  15. فَلَمَّا قَضَيْنَا عَلَيْهِ ٱلْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِۦٓ إِلَّا دَآبَّةُ ٱلْأَرْضِ تَأْكُلُ مِنسَأَتَهُۥ فَلَمَّا خَرَّ تَبَيَّنَتِ ٱلْجِنُّ أَن لَّوْ كَانُوا۟ يَعْلَمُونَ ٱلْغَيْبَ مَا لَبِثُوا۟ فِى ٱلْعَذَابِ ٱلْمُهِينِ﴿١٤﴾

    ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް غيب އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި عذاب ގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ.

  16. صفحة ٤٣٠
  17. لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ جَنَّتَانِ عَن يَمِينٍ وَشِمَالٍ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ﴿١٥﴾

    ހަމަކަށަވަރުން، سبإ ގެ أهل ވެރިން އުޅުނުތާނގައި، އެއުރެންނަށް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ވެރިވާށެވެ! (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.

  18. فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَىْءٍ مِّن سِدْرٍ قَلِيلٍ﴿١٦﴾

    ދެން އެއުރެން (އެކަލާނގެ نعمة އަށް) ފުރަގަސްދިނޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سيل العرِم) ފޮނުއްވީމެވެ. އަދި އެއުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ދެ ބަގީޗާއެވެ.

  19. ذَٰلِكَ جَزَيْنَٰهُم بِمَا كَفَرُوا۟ وَهَلْ نُجَٰزِىٓ إِلَّا ٱلْكَفُورَ﴿١٧﴾

    އެ ޖަޒާ އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވީ، އެއުރެން كافر ވުމުގެ ސަބަބުންނެވެ. كافر ވާ މީހުންނަށް މެނުވީ، ތިމަންރަސްކަލާނގެ އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟

  20. وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَٰرَكْنَا فِيهَا قُرًى ظَٰهِرَةً وَقَدَّرْنَا فِيهَا ٱلسَّيْرَ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ﴿١٨﴾

    އަދި ތިމަންރަސްކަލާނގެ އެ ރަށްތަކުގައި بركات ލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގައި ހިނގާބިނގާއުޅުން ތިމަންރަސްކަލާނގެ މިންވަރު ކުރެއްވީމެވެ. (ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ حال، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ!

  21. فَقَالُوا۟ رَبَّنَا بَٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَٰهُمْ أَحَادِيثَ وَمَزَّقْنَٰهُمْ كُلَّ مُمَزَّقٍ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ﴿١٩﴾

    ފަހެ، އެއުރެން (دعاء ކޮށް) ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް މިއަށްވުރެން ދުރުކުރައްވައިފާނދޭވެ! އަދި އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވޫއެވެ. ދެންފަހެ، އެއުރެންނީ (މީސްތަކުންގެ މެދުގައި) ދެކެވޭ ވާހަކަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެތަންމިތަނަށް ތިމަންރަސްކަލާނގެ އެއުރެން ވަކިކުރައްވައި ވިއްސިވިހާލި ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަމުގައި ބޮޑަށް ކެތްތެރިވެ، ގިނަގިނައިން شكر ވެރިވާ ކޮންމެ މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.

  22. وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًا مِّنَ ٱلْمُؤْمِنِينَ﴿٢٠﴾

    ހަމަކަށަވަރުން، إبليس، އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، مؤمن ންކުރެ ބަޔަކުމެނުވީ، އެ އެންމެން، إبليس އާ تبع ވޫއެވެ.

  23. وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌ﴿٢١﴾

    އަދި آخرة އަށް إيمان ވާ މީހުންނާއި، آخرة އާމެދު شك ކަމެއްގައިވާ މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެން، އެކަން ހާމަކުރެއްވުމަށްޓަކައިމެނުވީ، އެއުރެންގެ މައްޗަށް އެއްވެސް ބާރެއް، އެ إبليس އަކަށް ލިބިގެނެއް ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއްގެމައްޗަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

  24. قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ﴿٢٢﴾

    ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް شريك ކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ذرّ އެއްގެ މިންވަރުވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެތާނގައި އެއުރެންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުން ނުވެތެވެ.

  25. صفحة ٤٣١
  26. وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ قَالُوا۟ ٱلْحَقَّ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ﴿٢٣﴾

    އަދި އެމީހަކަށް އެކަލާނގެ إذن ދެއްވައިފި މީހަކަށްމެނުވީ، އެކަލާނގެ حضرة ގައި شفاعة ތެރިކަމުން މަންފާއެއް ނުކުރާނެތެވެ. އެއުރެންގެ ހިތްތަކުން ބިރުވެރިކަން ކެނޑިއްޖައުމަށް ދާނދެނެވެ. (އެހިނދު) އެއުރެން (އެކަކުއަނެކަކަށް) ބުނާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވީ ކީކޭހެއްޔެވެ؟ އެއުރެން (އެކަކު އަނެކަކަށް) ބުނާނެތެވެ. (އެކަލާނގެ وحى ކުރެއްވީ) حق ބަސްފުޅެވެ. އެކަލާނގެއީ، އެންމެ މަތިވެރި، އެންމެ عظمة ތެރި ރަސްކަލާނގެއެވެ.

  27. قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَٰلٍ مُّبِينٍ﴿٢٤﴾

    ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވަނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (رزق ދެއްވަނީ) اللَّه އެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.

  28. قُل لَّا تُسْـَٔلُونَ عَمَّآ أَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُونَ﴿٢٥﴾

    ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން ކުޅަ ފާފަޔާމެދު ތިޔަބައިމީހުންނާ سؤال އެއް ނުކުރައްވާނެތެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ (ނުބައި) عمل ތަކާމެދުވެސް، ތިމަންމެންނަކާ سؤال އެއް ނުކުރައްވާނެތެވެ.

  29. قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ﴿٢٦﴾

    ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ވެރިރަސްކަލާނގެ (قيامة ދުވަހުން) ތިމަންމެން އެންމެން އެއްތަނަކަށް އެއްކުރައްވާނެތެވެ. ދެން ތިމަންމެންގެ މެދުގައި އެކަލާނގެ حق އަށް ނިޔާކުރައްވައި، حكم ކުރައްވާނެތެވެ. އަދި އެކަލާނގެއީ، މޮޅަށް حكم ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

  30. قُلْ أَرُونِىَ ٱلَّذِينَ أَلْحَقْتُم بِهِۦ شُرَكَآءَ كَلَّا بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ﴿٢٧﴾

    ކަލޭގެފާނު ވިދާޅުވާށެވެ! ބައިވެރިން ކަމުގައި އެކަލާނގެއަށް ތިޔަބައިމީހުން ނިސްބަތްކުރި ފަރާތްތައް ތިމަންނާއަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ހަމަހިލާ އެހެންނަކުން ނޫނެވެ! އަދި ކިއެއްތަ! އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ اللَّه އެވެ.

  31. وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٢٨﴾

    އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.

  32. وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ﴿٢٩﴾

    އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟

  33. قُل لَّكُم مِّيعَادُ يَوْمٍ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةً وَلَا تَسْتَقْدِمُونَ﴿٣٠﴾

    ކަލޭގެފާނު ވިދާޅުވާށެވެ! އެ وعد އަށް ކަނޑައަޅުއްވާފައިވާ ދުވަހެއް ތިޔަބައިމީހުންނަށްވެއެވެ. އެދުވަހަށްވުރެ އެންމެހިނދުކޮޅަކަށްވެސް ތިޔަބައިމީހުންނަކަށް ލަހެއް ނުކުރައްވާހުށްޓެވެ. އަދި އިހެއްވެސް ނުމެކުރައްވާހުށްޓެވެ.

  34. وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَٰذَا ٱلْقُرْءَانِ وَلَا بِٱلَّذِى بَيْنَ يَدَيْهِ وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ﴿٣١﴾

    އަދި كافر ވިމީހުން ބުނޫއެވެ. ތިމަންމެން މި قرآن އަކަށްވެސް، އަދި މީގެކުރީގެ ފޮތްތަކަކަށްވެސް إيمان އެއް ނުވާނަމެވެ. އަނިޔާވެރިން އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި ހުއްޓިތިބޭހިނދު، ކަލޭގެފާނު ދެކެވަޑައިގަންނަވާނެނަމައެވެ. (އެހިނދު) އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ބަސްބުނެ ރައްދުކޮށް ހަދާނެތެވެ. ނިކަމެތިވެގެންވާ މީހުން، ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ތިޔަބައިމީހުން ނުވާނަމަ، ތިމަންމެން مؤمن ންކަމުގައި ވީސްކަން ކަށަވަރެވެ.

  35. صفحة ٤٣٢
  36. قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم بَلْ كُنتُم مُّجْرِمِينَ﴿٣٢﴾

    ބޮޑާވެގަތްމީހުން، ނިކަމެތިވެގެންވާ މީހުންނަށް ބުނޫއެވެ. ތިޔަބައިމީހުންނާ ހަމަޔަށް ތެދުމަގު އައުމަށްފަހު، އެ ތެދުމަގުން ތިޔަބައިމީހުން އެއްކިބާކުރީ ތިމަންމެން ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ، ކުށްކުރާބަޔަކު ކަމުގައިވީމުއެވެ.

  37. وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُۥٓ أَندَادًا وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَجَعَلْنَا ٱلْأَغْلَٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ﴿٣٣﴾

    އަދި ނިކަމެތިވެގެންވާ މީހުން، ބޮޑާވެގަތް މީހުންނަށް ބުނޫއެވެ. އަދި ކިއެއްތަ! އެއީ (ތިޔަބައިމީހުންގެ) ރެޔާދުވާލުގެ މަކަރެވެ. އެއީ اللَّه އަށް ތިމަންމެން كافر ވެ، އަދި އެކަލާނގެއަށް شريك ންތަކެއް ލުމަށް ތިޔަބައިމީހުން ތިމަންމެންނަށް أمر ކުޅަހިނދެވެ. އަދި އެއުރެން عذاب ދުށްހިނދު، އެކަމުގެ މައްޗަށް ހިތާމަކޮށް އެކަން ވަންހަނާކުޅައޫއެވެ. އަދި كافر ވި މީހުންގެ ކަނދުރާތަކުގައި، ތިމަންރަސްކަލާނގެ ކަސްތޮޅުތައް ލެއްވީމެވެ. (ފަހެ) އެއުރެން عمل ކުރަމުންގެންދިޔަ ގޮތަށްމެނުވީ، އެއުރެންނަށް ޖަޒާ ލިބޭނެހެއްޔެވެ؟

  38. وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا بِمَآ أُرْسِلْتُم بِهِۦ كَٰفِرُونَ﴿٣٤﴾

    އެރަށެއްގައިތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުން ތިމަންމެން މިތިބީ، ތިޔަ رسول ން އެކަމަކާއިގެން ފޮނުއްވެވި ކަމަކަށް ހަމަކަށަވަރުން، كافر ވެގެންނޭ ނުބުނާ އެއްވެސް ރަށަކަށް، ބިރުވެރިކަމުގެ خبر ދެއްވާ رسول އަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.

  39. وَقَالُوا۟ نَحْنُ أَكْثَرُ أَمْوَٰلًا وَأَوْلَٰدًا وَمَا نَحْنُ بِمُعَذَّبِينَ﴿٣٥﴾

    އަދި އެއުރެން ބުނޫއެވެ. މުދަލުގެ ގޮތުންނާއި، ދަރިންގެގޮތުން، ތިމަންމެން މާގިނައެވެ. އަދި ތިމަންމެންނީ (آخرة ގައި) عذاب ދެއްވާނެ ބަޔަކު ކަމުގައި ނުވަމުއެވެ.

  40. قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٣٦﴾

    ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ.

  41. وَمَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَٰتِ ءَامِنُونَ﴿٣٧﴾

    އަދި ތިޔަބައިމީހުންގެ މުދާވިޔަސް، އަދި ދަރިންވިޔަސް، އެއީ ތިމަންރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން ކުއްތަންކުރާކަމެއް ކަމުގައި ނުވެތެވެ. إيمان ވެ صالح عمل ކޮށްފިމީހާ މެނުވީއެވެ. ފަހެ، އެއުރެންކުޅަ ހެޔޮ عمل އަށް ގިނަގުނަވެގެންވާ ثواب އެއުރެންނަށް ހުށްޓެވެ. އަދި ސުވަރުގޭގެ މަތިވެރި ދަރަޖައިގައި، އެއުރެންވަނީ أمان ކަން ލިބިގެންވާ ބަޔަކުކަމުގައެވެ.

  42. وَٱلَّذِينَ يَسْعَوْنَ فِىٓ ءَايَٰتِنَا مُعَٰجِزِينَ أُو۟لَٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ﴿٣٨﴾

    އަދި ތިމަންރަސްކަލާނގެ آية ތަކާމެދު ދެކޮޅުހަދަން މަސައްކަތްކުރާ މީހުން (ދަންނާށެވެ!) އެއުރެން عذاب ގެތެރެޔަށް حاضر ކުރައްވާނެތެވެ.

  43. قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥ وَمَآ أَنفَقْتُم مِّن شَىْءٍ فَهُوَ يُخْلِفُهُۥ وَهُوَ خَيْرُ ٱلرَّٰزِقِينَ﴿٣٩﴾

    ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެކަލާނގެ އަޅުންގެ ތެރެއިން އިރާދަކުރައްވާ އަޅަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (رزق) ދަތިކުރައްވަތެވެ. އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، رزق ދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ.

  44. صفحة ٤٣٣
  45. وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَٰٓئِكَةِ أَهَٰٓؤُلَآءِ إِيَّاكُمْ كَانُوا۟ يَعْبُدُونَ﴿٤٠﴾

    އެކަލާނގެ އެއުރެން އެންމެން محشر އަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! ދެން އެކަލާނގެ ملائكة ންނަށް وحى ކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އަޅުކަންކުރާ ކަމުގައިވީ މިތިބަމީހުން ހެއްޔެވެ؟

  46. قَالُوا۟ سُبْحَٰنَكَ أَنتَ وَلِيُّنَا مِن دُونِهِم بَلْ كَانُوا۟ يَعْبُدُونَ ٱلْجِنَّ أَكْثَرُهُم بِهِم مُّؤْمِنُونَ﴿٤١﴾

    އެ ملائكة ން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އެއުރެންނެއްނޫނެވެ. އަދި ކިއެއްތަ! އެއުރެން އަޅުކަންކުރާ ކަމުގައިވީ ޖިންނީންނަށެވެ. އެއުރެންކުރެ ގިނަމީހުންވަނީ، އެ ޖިންނީންނަށް إيمان ވެގެންނެވެ.

  47. فَٱلْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍ نَّفْعًا وَلَا ضَرًّا وَنَقُولُ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّتِى كُنتُم بِهَا تُكَذِّبُونَ﴿٤٢﴾

    ފަހެ، މިއަދު ތިޔަބައިމީހުންކުރެ އެއްބަޔަކަށް އަނެއްބަޔަކު މަންފާއެއް ކުރުމެއްވިޔަސް، ނުވަތަ ގެއްލުމެއް ދިނުންވިޔަސް، މިލްކުވެގެންނެއް ނުވެތެވެ. އަދި އަނިޔާވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކައިގެ عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!

  48. وَإِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُنَا بَيِّنَٰتٍ قَالُوا۟ مَا هَٰذَآ إِلَّا رَجُلٌ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ ءَابَآؤُكُمْ وَقَالُوا۟ مَا هَٰذَآ إِلَّآ إِفْكٌ مُّفْتَرًى وَقَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ﴿٤٣﴾

    އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، އެއުރެން ބުނެތެވެ. ތިޔަބައިމީހުންގެ ކާބަފައިން އަޅުކަންކޮށްއުޅުނު ތަކެތިން، ތިޔަބައިމީހުން އެއްކިބާކުރުމަށް قصد ކޮށްގެންއުޅޭ މީހަކުކަމުގައި މެނުވީ، މީނާ (އެބަހީ: رسول އާ) ނުވެތެވެ. އަދި އެއުރެން ބުނެތެވެ. އަމިއްލައަށް އުފައްދާފައިވާ ދޮގެއް ކަމުގައި މެނުވީ މި (قرآن) ނުވެތެވެ. އަދި އެއުރެންނަށް، حق قرآن އައިހިނދު، އެ قرآن އާމެދު كافر ވިމީހުން ބުނޫއެވެ. ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ މި ނުވެތެވެ.

  49. وَمَآ ءَاتَيْنَٰهُم مِّن كُتُبٍ يَدْرُسُونَهَا وَمَآ أَرْسَلْنَآ إِلَيْهِمْ قَبْلَكَ مِن نَّذِيرٍ﴿٤٤﴾

    އަދި އެއުރެން ކިޔަވައިއުޅޭނެ ފޮތްތަކެއް، ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުދެއްވަމެވެ. އަދި އެއުރެންގެގާތަށް ބިރުވެރިކަމުގެ خبر ދެއްވާ އެއްވެސް رسول އަކު ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުން ނުފޮނުއްވަމެވެ.

  50. وَكَذَّبَ ٱلَّذِينَ مِن قَبْلِهِمْ وَمَا بَلَغُوا۟ مِعْشَارَ مَآ ءَاتَيْنَٰهُمْ فَكَذَّبُوا۟ رُسُلِى فَكَيْفَ كَانَ نَكِيرِ﴿٤٥﴾

    އަދި އެއުރެންގެ ކުރީގެ މީހުންވެސް ދޮގުކުރޫއެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި އާރާއި ބާރުގެ ދިހަބައިކުޅައެއްބަޔާ ހަމަޔަށްވެސް އެއުރެންނެއް (އެބަހީ: مكة ގެ مشرك ން) ނުފޯރަތެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ ފޮނުއްވި رسول ން ދޮގުކުޅައޫއެވެ. ފަހެ، ތިމަންރަސްކަލާނގެ إنكار ކުރެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟

  51. قُلْ إِنَّمَآ أَعِظُكُم بِوَٰحِدَةٍ أَن تَقُومُوا۟ لِلَّهِ مَثْنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُوا۟ مَا بِصَاحِبِكُم مِّن جِنَّةٍ إِنْ هُوَ إِلَّا نَذِيرٌ لَّكُم بَيْنَ يَدَىْ عَذَابٍ شَدِيدٍ﴿٤٦﴾

    ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް نصيحة ތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން اللَّه އަށްޓަކައި (حق މަގު ހޯދުމުގައި) قائم ވެތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ. ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) ގެ ކިބައިގައި އެއްވެސް މޮޔަކަމެއްނެތެވެ. ގަދަވެގެންވާ عذاب އެއްގެކުރިން އެއާމެދު ތިޔަބައިމީހުންނަށް ބިރުވެރިކަމުގެ خبر ދެއްވާ رسول އަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ.

  52. قُلْ مَا سَأَلْتُكُم مِّنْ أَجْرٍ فَهُوَ لَكُمْ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ وَهُوَ عَلَىٰ كُلِّ شَىْءٍ شَهِيدٌ﴿٤٧﴾

    ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކިބައިން އެއްވެސް އުޖޫރައަކަށް ތިމަންއެދިފައިވާނަމަ، ފަހެ، އެއީ ތިޔަބައިމީހުންނަށެވެ. ތިމަންނައަށް ދަރުމަދެއްވުން اللَّه އަށް މެނުވީ ނުވެތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.

  53. قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّٰمُ ٱلْغُيُوبِ﴿٤٨﴾

    ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ حق ގޮތް ފޮނުއްވަތެވެ. (އެކަލާނގެއީ) غيب ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

  54. صفحة ٤٣٤
  55. قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَٰطِلُ وَمَا يُعِيدُ﴿٤٩﴾

    ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل އަކަށް (އެއްވެސް އެއްޗެއް) ނުއުފެއްދޭނެތެވެ. އަދި إعادة އެއްވެސް ނުމެކުރެވޭނެމެއެވެ.

  56. قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى وَإِنِ ٱهْتَدَيْتُ فَبِمَا يُوحِىٓ إِلَىَّ رَبِّىٓ إِنَّهُۥ سَمِيعٌ قَرِيبٌ﴿٥٠﴾

    ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން މަގުފުރެދިއްޖެނަމަ، ފަހެ، ތިމަން މަގުފުރެދޭކަން ކަށަވަރީ، ތިމަންގެ އަމިއްލަ نفس ގެ މައްޗަށެވެ. (އެބަހީ: އެކަމުގެ ގެއްލުންހުރީ ތިމަންގެ އަމިއްލަ نفس އަށެވެ.) އަދި ތިމަންނާއަށް ތެދުމަގު ލިބިއްޖެނަމަ، ފަހެ، އެއީ ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް އިއްވަވާ وحى ގެ ސަބަބުންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ.

  57. وَلَوْ تَرَىٰٓ إِذْ فَزِعُوا۟ فَلَا فَوْتَ وَأُخِذُوا۟ مِن مَّكَانٍ قَرِيبٍ﴿٥١﴾

    އެއުރެން (قيامة ދުވަހު) ބިރުން ސިހިގެންދާހިނދު ކަލޭގެފާނު ދެކެވައިގަންނަވާނެނަމައެވެ. ފަހެ، އެހިނދު ސަލާމަތްވެގެން ދިއުމެއްނެތެވެ. އަދި ގާތުގައިވާ ތަނަކުން އެއުރެން ހިއްޕަވައި ގެންދަވާނެތެވެ.

  58. وَقَالُوٓا۟ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانٍۭ بَعِيدٍ﴿٥٢﴾

    އަދި އެއުރެން ބުނާނެތެވެ. ތިމަންމެން (މިހާރު) އެ قرآن އަށް إيمان ވެއްޖައީމެވެ. ދުރުގައިވާ ތަނަކުން އެ إيمان ކަން އެއުރެންނަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟

  59. وَقَدْ كَفَرُوا۟ بِهِۦ مِن قَبْلُ وَيَقْذِفُونَ بِٱلْغَيْبِ مِن مَّكَانٍۭ بَعِيدٍ﴿٥٣﴾

    މީގެކުރިން އެއުރެންވަނީ އެ قرآن އަށް كافر ވެފައިކަން ކަށަވަރެވެ. އަދި ނުފެންނަ ކަންތަކާމެދު ދުރުތަނަކުން އެއުރެން ހީއެއްގެ މައްޗަށް ވާހަކަދައްކައި އުޅުނޫއެވެ.

  60. وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مِّن قَبْلُ إِنَّهُمْ كَانُوا۟ فِى شَكٍّ مُّرِيبٍۭ﴿٥٤﴾

    އަދި އެއުރެން އެދޭކަންތަކާއި، އެއުރެންނާދެމެދު ހުރަސްއެޅުއްވިއެވެ. އެއުރެންނާ އެއްފަދަވެގެންވާ މީހުންނާމެދު، ކުރިން ކަންތައްކުރެއްވި ފަދައިންނެވެ. ހަމަކަށަވަރުން، އެއުރެންވީ ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއްގައެވެ.

Quran Translation Name: ދިވެހި Translator: Office of the President of Maldives Language: Divehi ID: dv.divehi Last Update: May 3, 2022 Source: Tanzil.net

Play surah