ٱقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِى غَفْلَةٍ مُّعْرِضُونَ﴿١﴾
މީސްތަކުންނަށް އެއުރެންގެ (عمل ތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން غافل ވެ (އެކަމުން) އެއްކިބާވެގެންވާ حال ގައެވެ.
مَا يَأْتِيهِم مِّن ذِكْرٍ مِّن رَّبِّهِم مُّحْدَثٍ إِلَّا ٱسْتَمَعُوهُ وَهُمْ يَلْعَبُونَ﴿٢﴾
އެއުރެން (އެއަށް) ފުރައްސާރަކުރާ حال ގައި، އޭގެ އަޑުއަހާ ކަމުގައިނުވާ އައު آية އެއް، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެއުރެންނާ ހަމަޔަކަށް ނާދެތެވެ.
لَاهِيَةً قُلُوبُهُمْ وَأَسَرُّوا۟ ٱلنَّجْوَى ٱلَّذِينَ ظَلَمُوا۟ هَلْ هَٰذَآ إِلَّا بَشَرٌ مِّثْلُكُمْ أَفَتَأْتُونَ ٱلسِّحْرَ وَأَنتُمْ تُبْصِرُونَ﴿٣﴾
އެއުރެންގެ ހިތްތައް غافل ވެގެންވާ حال ގައެވެ. އަދި އަނިޔާވެރިވި މީހުންކުޅަ ސައްލާތައް (އެއުރެންގެ މެދުގައި) ސިއްރުކުރޫއެވެ. (އެއުރެން ބުނޫއެވެ.) މިއީ (އެބަހީ: محمد ގެފާނީ) ހަމަތިޔަބައިމީހުންފަދަ آدم ގެދަރިޔަކު ކަމުގައިމެނުވީ ނުވެތެވެ. ފަހެ، ކަލޭމެން ދެކެދެނެތިބެ، ޖާދޫ قبول ކުރަނީ ހެއްޔެވެ؟
قَالَ رَبِّى يَعْلَمُ ٱلْقَوْلَ فِى ٱلسَّمَآءِ وَٱلْأَرْضِ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٤﴾
އެކަލޭގެފާނު ވިދާޅުވިއެވެ. އުޑާއި، ބިމުގައި ދެކެވޭހާ ވާހަކަތައް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
بَلْ قَالُوٓا۟ أَضْغَٰثُ أَحْلَٰمٍۭ بَلِ ٱفْتَرَىٰهُ بَلْ هُوَ شَاعِرٌ فَلْيَأْتِنَا بِـَٔايَةٍ كَمَآ أُرْسِلَ ٱلْأَوَّلُونَ﴿٥﴾
އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. (އެއީ) ހުވަފެނުގެ ހާސަރުތަކެކެވެ. އަދި ކިއެއްތަ! އެއީ އެކަލޭގެފާނު އަމިއްލަޔަށް ހެއްދެވި އެއްޗެކެވެ. އަދި ކިއެއްތަ! އެކަލޭގެފާނަކީ، ޅެންވެރިޔެކެވެ. ފަހެ (معجزات ތަކާއިގެން) ކުރީގެ رسول ން ފޮނުއްވެވިފަދައިން، އެކަލޭގެފާނުވެސް، ތިމަންމެންނަށް معجزة އެއް ގެނެސްދެއްވަ ބައްލަވާށެވެ!
مَآ ءَامَنَتْ قَبْلَهُم مِّن قَرْيَةٍ أَهْلَكْنَٰهَآ أَفَهُمْ يُؤْمِنُونَ﴿٦﴾
އެއުރެންގެ ކުރިން إيمان ނުވި ކިތަންމެ ރަށެއްގެ أهل ވެރިންނެއް، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. ވީއިރު އެއުރެން، ފަހެ، إيمان ވާނެ ހެއްޔެވެ؟
وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴿٧﴾
ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ އެއުރެންނަށް وحى އިއްވަވާ ފިރިހެނުން މެނުވީ، رسول ކަމާއިގެން ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، علم ގެ أهل ވެރިންނާ سؤال ކުރާށެވެ!
وَمَا جَعَلْنَٰهُمْ جَسَدًا لَّا يَأْكُلُونَ ٱلطَّعَامَ وَمَا كَانُوا۟ خَٰلِدِينَ﴿٨﴾
އަދި ކާނާކައިނޫޅޭ ހަށިތަކެއް ކަމުގައި، ތިމަންރަސްކަލާނގެ އެ رسول ން ނުލައްވަމެވެ. އަދި އަބަދަށް ދެމިތިބޭ ބަޔަކު ކަމުގައިވެސް އެބޭކަލުން ނުވެތެވެ.
ثُمَّ صَدَقْنَٰهُمُ ٱلْوَعْدَ فَأَنجَيْنَٰهُمْ وَمَن نَّشَآءُ وَأَهْلَكْنَا ٱلْمُسْرِفِينَ﴿٩﴾
ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وعد ފުއްދަވައި ދެއްވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެބޭކަލުންނާއި، ތިމަންރަސްކަލާނގެ އިރާދަކުރެއްވި ބަޔަކު ސަލާމަތްކުރެއްވީމެވެ. އަދި (ފުރެދުމުގައި) ހައްދުފަހަނަޅައި ދިޔަމީހުން ހަލާކުކުރެއްވީމެވެ.
لَقَدْ أَنزَلْنَآ إِلَيْكُمْ كِتَٰبًا فِيهِ ذِكْرُكُمْ أَفَلَا تَعْقِلُونَ﴿١٠﴾
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް عبرة އާއި، نصيحة އޭގައި އެކުލެވިގެންވާ ފޮތެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
- صفحة ٣٢٣
وَكَمْ قَصَمْنَا مِن قَرْيَةٍ كَانَتْ ظَالِمَةً وَأَنشَأْنَا بَعْدَهَا قَوْمًا ءَاخَرِينَ﴿١١﴾
އަނިޔާވެރިވި ކިތައްކިތައް ރަށުގެ أهل ވެރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވިން ހެއްޔެވެ؟ އަދި އެއުރެންގެ ފަހުން އެހެންބަޔަކު ތިމަންރަސްކަލާނގެ އުފެއްދެވީމެވެ.
فَلَمَّآ أَحَسُّوا۟ بَأْسَنَآ إِذَا هُم مِّنْهَا يَرْكُضُونَ﴿١٢﴾
ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ عذاب ގާތްވެއްޖެކަން إحساس ވީހިނދު، އެހާރުން އެއުރެން އެތަނުން ފިލާންދުވެތެވެ.
لَا تَرْكُضُوا۟ وَٱرْجِعُوٓا۟ إِلَىٰ مَآ أُتْرِفْتُمْ فِيهِ وَمَسَٰكِنِكُمْ لَعَلَّكُمْ تُسْـَٔلُونَ﴿١٣﴾
(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ފިލާން ނުދުވާށެވެ! އަދި ތިޔަބައިމީހުން އެ نعمة ތަކުގައި އަރާމުކުރާންތިބި نعمة ތަކަށާއި، ތިޔަބައިމީހުންގެ ގެތަކަށް އެނބުރި رجوع ވާށެވެ! (އެއީ) ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެ ކަމަށްޓަކައެވެ.
قَالُوا۟ يَٰوَيْلَنَآ إِنَّا كُنَّا ظَٰلِمِينَ﴿١٤﴾
އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިން ކަމުގައެވެ.
فَمَا زَالَت تِّلْكَ دَعْوَىٰهُمْ حَتَّىٰ جَعَلْنَٰهُمْ حَصِيدًا خَٰمِدِينَ﴿١٥﴾
ފަހެ، ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، އަދި ނިވިފައިވާ އަޅިތަކެއް ފަދައިން ތިމަންރަސްކަލާނގެ އެއުރެން ލައްވައިފުމަށް ދާންދެން، އެއުރެންގެ އެ ގޮވުން ފިލައިނުދެތެވެ.
وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا لَٰعِبِينَ﴿١٦﴾
ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ.
لَوْ أَرَدْنَآ أَن نَّتَّخِذَ لَهْوًا لَّٱتَّخَذْنَٰهُ مِن لَّدُنَّآ إِن كُنَّا فَٰعِلِينَ﴿١٧﴾
ތިމަންރަސްކަލާނގެ ކުޅިވަރެއްގެ ބޭނުންކުރެއްވުމަށް އިރާދަކުރެއްވިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެކަން އެގޮތަށް ހިއްޕެވީމުހެވެ. ތިމަންރަސްކަލާނގެ (އެކަންތައް) ކުރައްވާނެ ނަމައެވެ.
بَلْ نَقْذِفُ بِٱلْحَقِّ عَلَى ٱلْبَٰطِلِ فَيَدْمَغُهُۥ فَإِذَا هُوَ زَاهِقٌ وَلَكُمُ ٱلْوَيْلُ مِمَّا تَصِفُونَ﴿١٨﴾
އަދި ކިއެއްތަ! باطل ގެ މައްޗަށް ތިމަންރަސްކަލާނގެ حق ފޮނުއްވަމެވެ. ދެން އެ حق، އެ باطل ހަލާކުކޮށްލަތެވެ. ފަހެ، އެހާރުން އެ باطل ނެތިހިނގައިދެތެވެ. އަދި (اللَّه އާމެދު އެކަށީގެން ނުވާގޮތުން) ތިޔަބައިމީހުން ސިފަކޮށް، ބުނާބުނުންތަކުން ތިޔަބައިމީހުންނަށް ހަލާކު ހުށްޓެވެ.
وَلَهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَنْ عِندَهُۥ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَلَا يَسْتَحْسِرُونَ﴿١٩﴾
އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެކަލާނގެ حضرة ގައިވާ ملائكة ން، އެކަލާނގެއަށް އަޅުކަން ކުރުމަކަށް ބޮޑާވެއެއްނުގަނެތެވެ. އަދި ވަރުބައްޔެއްވެސް ނުމެވޭމެއެވެ.
يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ﴿٢٠﴾
އެ ملائكة ން ރެޔާދުވާލު ފޫހިވުމެއްނެތި (އެކަލާނގެ حضرة އަށް) تسبيح ދަންނަވަތެވެ.
أَمِ ٱتَّخَذُوٓا۟ ءَالِهَةً مِّنَ ٱلْأَرْضِ هُمْ يُنشِرُونَ﴿٢١﴾
ނުވަތަ (މަރުވެފައިވާ މީހުން) އަލުން ދިރުވާނެ إله ން ތަކެއް ބިމުން އެއުރެން ހިފީ ހެއްޔެވެ؟
لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا فَسُبْحَٰنَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ﴿٢٢﴾
އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) اللَّه މެނުވީ إله ންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ. ފަހެ، އެއުރެން އެ ސިފަކޮށް ބުނާކަންތަކުން، عرش ގެވެރި اللَّه، ހުސްطاهر ވެވޮޑިގެންވެއެވެ.
لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ﴿٢٣﴾
އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ سؤال އެއް ނުކުރެވޭހުށްޓެވެ. (އެއުރެންކުރާ ކަންތަކާމެދު) އެއުރެންނާ سؤال ކުރައްވާނެތެވެ.
أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً قُلْ هَاتُوا۟ بُرْهَٰنَكُمْ هَٰذَا ذِكْرُ مَن مَّعِىَ وَذِكْرُ مَن قَبْلِى بَلْ أَكْثَرُهُمْ لَا يَعْلَمُونَ ٱلْحَقَّ فَهُم مُّعْرِضُونَ﴿٢٤﴾
ނުވަތަ އެކަލާނގެ ފިޔަވައި، އެއުރެން إله ންތަކެއް ހިފީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! މިއޮތީ، ތިމަންކަލޭގެފާނާ އެކުގައިވާ މީހުންގެ ފޮތާއި، ތިމަންކަލޭގެފާނުގެ ކުރީގެ މީހުންގެ ފޮތެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން حق އެއް ނުދަނެތެވެ. ފަހެ، އެއުރެންނީ (އެއަށް) ފުރަގަސްދޭ ބަޔެކެވެ.
- صفحة ٣٢٤
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدُونِ﴿٢٥﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحى ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!
وَقَالُوا۟ ٱتَّخَذَ ٱلرَّحْمَٰنُ وَلَدًا سُبْحَٰنَهُۥ بَلْ عِبَادٌ مُّكْرَمُونَ﴿٢٦﴾
އެއުރެން ބުނޫއެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕެވިއެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ކިއެއްތަ! (اللَّه ގެ ދަރިކަނބަލުންތަކެކޭ އެއުރެން ބުނާ ملائكة ންނަކީ) މާތް ކުރައްވާފައިވާ، އެކަލާނގެ އަޅުންތަކެކެވެ.
لَا يَسْبِقُونَهُۥ بِٱلْقَوْلِ وَهُم بِأَمْرِهِۦ يَعْمَلُونَ﴿٢٧﴾
އެބޭކަލުން އެކަލާނގެ حضرة އަށް އިސްވެބަހެއް ނުދަންނަވާނެތެވެ. އަދި އެބޭކަލުން عمل ކުރައްވާނީ، އެކަލާނގެ އަމުރުފުޅާ އެއްގޮތަށެވެ.
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ﴿٢٨﴾
އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން شفاعة ތެރިއެއް ނުވާނެތެވެ. އަދި އެބޭކަލުންތިއްބަވާނީ، އެކަލާނގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ.
وَمَن يَقُلْ مِنْهُمْ إِنِّىٓ إِلَٰهٌ مِّن دُونِهِۦ فَذَٰلِكَ نَجْزِيهِ جَهَنَّمَ كَذَٰلِكَ نَجْزِى ٱلظَّٰلِمِينَ﴿٢٩﴾
އެއުރެންކުރެ ތިމަންނާއީ އެކަލާނގެ ފިޔަވައި إله އެކޭ ބުނާ މީހަކަށް، ފަހެ، ތިމަންރަސްކަލާނގެ ނަރަކައިން ޖަޒާ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًا فَفَتَقْنَٰهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ أَفَلَا يُؤْمِنُونَ﴿٣٠﴾
ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، كافر ވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން إيمان ނުވަނީ ހެއްޔެވެ؟
وَجَعَلْنَا فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُونَ﴿٣١﴾
އަދި އެއުރެންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ތިމަންރަސްކަލާނގެ ބިމުގައި ލެއްވީމެވެ. އަދި އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެއުރެންނަށް މަގު އެނގުމަށްޓަކެވެ.
وَجَعَلْنَا ٱلسَّمَآءَ سَقْفًا مَّحْفُوظًا وَهُمْ عَنْ ءَايَٰتِهَا مُعْرِضُونَ﴿٣٢﴾
އަދި ރައްކާތެރިކުރައްވާފައިވާ ފުރާޅެއްކަމުގައި، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ (އިރުހަނދާއި، ތަރިތައްފަދަ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ.
وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ كُلٌّ فِى فَلَكٍ يَسْبَحُونَ﴿٣٣﴾
އެކަލާނގެއީ، ރޭގަނޑާއި ދުވާލު، އަދި އިރާއި ހަނދު ހެއްދެވި ރަސްކަލާނގެއެވެ. އެއިން ކޮންމެ އެއްޗެއްމެ، ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.
وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ أَفَإِي۟ن مِّتَّ فَهُمُ ٱلْخَٰلِدُونَ﴿٣٤﴾
ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުންވެސް آدم ގެދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެއުރެންނީ ފަހެ، ދެމިތިބޭނޭ ބަޔެއް ހެއްޔެވެ؟
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ﴿٣٥﴾
ކޮންމެ نفس އަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ.
- صفحة ٣٢٥
وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓا۟ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِى يَذْكُرُ ءَالِهَتَكُمْ وَهُم بِذِكْرِ ٱلرَّحْمَٰنِ هُمْ كَٰفِرُونَ﴿٣٦﴾
كافر ވި މީހުން ކަލޭގެފާނު ދެކޭހިނދު، އެއުރެން ކަލޭގެފާނަށް ފުރައްސާރަނޫނީ ނުކުރެތެވެ. (އަދި ބުނެތެވެ.) ތިޔަބައިމީހުންގެ إله ންތަކަށް ކުޑައިމީސްބަސް ބުނާ މީހަކީ މިއީ ހެއްޔެވެ؟ އަދި އެއުރެންވަނީ ހަމަ، رحمن ވަންތަ ރަސްކަލާނގެ ފޮތަށް كافر ވެގެންނެވެ.
خُلِقَ ٱلْإِنسَٰنُ مِنْ عَجَلٍ سَأُو۟رِيكُمْ ءَايَٰتِى فَلَا تَسْتَعْجِلُونِ﴿٣٧﴾
އިންސާނާ ހެއްދެވީ، އަވަސްކަން (އޭނާގެ طبيعة ގައި) ލައްވާފައެވެ. ތިމަންރަސްކަލާނގެ آية ތައް ނިކަންހުރެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ. ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرة ން އަވަސްވުން އެދި ނޫޅޭށެވެ!
وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ﴿٣٨﴾
އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
لَوْ يَعْلَمُ ٱلَّذِينَ كَفَرُوا۟ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمْ وَلَا هُمْ يُنصَرُونَ﴿٣٩﴾
كافر ވި މީހުންނަށް އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ފުރަގަހުން، އަލިފާނުގެ عذاب ދުރުނުކުރެވޭހިނދު، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر ލިބުމެއް ނުވާހިނދު (އެކަން) އެނގޭނަމަ (އެއުރެން އެހެނެއް ނުބުނާނެ) ތެވެ.
بَلْ تَأْتِيهِم بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنظَرُونَ﴿٤٠﴾
އަދި ކިއެއްތަ! އެއުރެންނަށް އެކަންތައް އަންނަހުށީ ކުއްލިއަކަށެވެ. އަދި އެކަންތައް އެއުރެން حيران ކޮށްލާނެތެވެ. ފަހެ، އެއުރެންނަށް އެކަންތައް ދުރުކުރުމަކަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި އެއުރެންނަކަށް مهلة އެއް ނުމެދެއްވާނެމެއެވެ.
وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٤١﴾
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނުމީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ.
قُلْ مَن يَكْلَؤُكُم بِٱلَّيْلِ وَٱلنَّهَارِ مِنَ ٱلرَّحْمَٰنِ بَلْ هُمْ عَن ذِكْرِ رَبِّهِم مُّعْرِضُونَ﴿٤٢﴾
ކަލޭގެފާނު ވިދާޅުވާށެވެ! ރެޔާއިދުވާލުގައި، رحمن ވަންތަ ރަސްކަލާނގެ ކޯފާއިން ތިޔަބައިމީހުން ރައްކާތެރިކުރާނީ ކާކުހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ ފޮތަށް ފުރަގަސްދޭ ބަޔެކެވެ.
أَمْ لَهُمْ ءَالِهَةٌ تَمْنَعُهُم مِّن دُونِنَا لَا يَسْتَطِيعُونَ نَصْرَ أَنفُسِهِمْ وَلَا هُم مِّنَّا يُصْحَبُونَ﴿٤٣﴾
ނުވަތަ ތިމަންރަސްކަލާނގެ عذاب އެއުރެންގެ ކިބައިން ދުރުކޮށްދޭނެ إله ން ތަކެއް، އެއުރެންނަށް ވޭހެއްޔެވެ؟ އެ ތަކެއްޗަށް އޭގެ އަމިއްލަ نفس އަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއްނުވެތެވެ. އަދި ތިމަންރަސްކަލާނގެ عذاب ން މިންޖުކޮށްދޭނޭ ބަޔަކުވެސް އެ ތަކެއްޗާއެކުގައި ނުމެވާހުށިމެއެވެ.
بَلْ مَتَّعْنَا هَٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ طَالَ عَلَيْهِمُ ٱلْعُمُرُ أَفَلَا يَرَوْنَ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَآ أَفَهُمُ ٱلْغَٰلِبُونَ﴿٤٤﴾
އަދި ކިއެއްތަ! މިބައިމީހުންނާއި، އެއުރެންގެ މައިންބަފައިން ދިގު عمر އަކަށް ދާނދެން ދުނިޔޭގެ نعمة ގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބިމުގެ ހުރިހާ ފަރާތަކުން އުނިކުރައްވަމުން ގެންދަވާކަން، އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، ގަދަވާނެ ބަޔަކީ އެއުރެން ހެއްޔެވެ؟
- صفحة ٣٢٦
قُلْ إِنَّمَآ أُنذِرُكُم بِٱلْوَحْىِ وَلَا يَسْمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ﴿٤٥﴾
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް إنذار ކުރައްވާކަން ކަށަވަރީ، وحى އިންނެވެ. އަދި ބީރުމީހުން، އެއުރެންނަށް إنذار ކުރައްވާ ހިނދު، ގޮވައިލާއަޑެއް ނާހާނެތެވެ.
وَلَئِن مَّسَّتْهُمْ نَفْحَةٌ مِّنْ عَذَابِ رَبِّكَ لَيَقُولُنَّ يَٰوَيْلَنَآ إِنَّا كُنَّا ظَٰلِمِينَ﴿٤٦﴾
ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذاب ން ކިތަންމެ ކުޑަ މިންވަރެއް އެއުރެންގައި ބީހުނަސް، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެން އަނިޔާވެރިން ކަމުގައިވީމުއެވެ.
وَنَضَعُ ٱلْمَوَٰزِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَٰمَةِ فَلَا تُظْلَمُ نَفْسٌ شَيْـًٔا وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا وَكَفَىٰ بِنَا حَٰسِبِينَ﴿٤٧﴾
ތިމަންރަސްކަލާނގެ قيامة ދުވަހުން عدل ވެރިކަމުގެ ތިލަފަތްތައް قائم ކުރައްވާހުށީމެވެ. ފަހެ، އެއްވެސް نفس އަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ.
وَلَقَدْ ءَاتَيْنَا مُوسَىٰ وَهَٰرُونَ ٱلْفُرْقَانَ وَضِيَآءً وَذِكْرًا لِّلْمُتَّقِينَ﴿٤٨﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށާއި، هارون ގެފާނަށް حق އާއި، باطل ވަކިކުރަނިވި ފޮތް (އެބަހީ: توراة) ދެއްވީމެވެ. تقوى ވެރިންނަށް، އަލިކަމެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ.
ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَهُم مِّنَ ٱلسَّاعَةِ مُشْفِقُونَ﴿٤٩﴾
އެއުރެންނަކީ އެއުރެންގެ ވެރިރަސްކަލާނގެއަށް غيب ގައި ބިރުވެތިވާ މީހުންނެވެ. އަދި އެއުރެންވަނީ، قيامة ދުވަހަށް ބިރުވެތިވެގެންނެވެ.
وَهَٰذَا ذِكْرٌ مُّبَارَكٌ أَنزَلْنَٰهُ أَفَأَنتُمْ لَهُۥ مُنكِرُونَ﴿٥٠﴾
މި قرآن އަކީ، بركات ތެރިވެގެންވާ ހަނދާންކޮށް ދިނުމެކެވެ. ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން އެ ފޮތަށް އިންކާރުކުރަނީ ހެއްޔެވެ؟
وَلَقَدْ ءَاتَيْنَآ إِبْرَٰهِيمَ رُشْدَهُۥ مِن قَبْلُ وَكُنَّا بِهِۦ عَٰلِمِينَ﴿٥١﴾
އަދި ހަމަކަށަވަރުން، މީގެކުރިން إبراهيم ގެފާނަށް، ތިމަންރަސްކަލާނގެ ހެޔޮ ވިސްނުމާއި، ބުއްދިވެރިކަން ދެއްވީމެވެ. އަދި އެކަލޭގެފާނާމެދު ތިމަންރަސްކަލާނގެ މޮޅަށްދެނެވޮޑިގެންވަމެވެ.
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا هَٰذِهِ ٱلتَّمَاثِيلُ ٱلَّتِىٓ أَنتُمْ لَهَا عَٰكِفُونَ﴿٥٢﴾
އެކަލޭގެފާނުގެ ބައްޕާއަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އަޅުކަންކުރަން ތިޔަތިބީ، ކޮން ބުދުތަކަކަށް ހެއްޔެވެ؟
قَالُوا۟ وَجَدْنَآ ءَابَآءَنَا لَهَا عَٰبِدِينَ﴿٥٣﴾
އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ކާބަފައިން، އެ ތަކެއްޗަށް އަޅުކަންކުރާތީ ތިމަންމެން ދުށީމުއެވެ.
قَالَ لَقَدْ كُنتُمْ أَنتُمْ وَءَابَآؤُكُمْ فِى ضَلَٰلٍ مُّبِينٍ﴿٥٤﴾
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިންވަނީ، ފާޅުވެގެންވާ މަގު ފުރެދުމެއްގައެވެ.
قَالُوٓا۟ أَجِئْتَنَا بِٱلْحَقِّ أَمْ أَنتَ مِنَ ٱللَّٰعِبِينَ﴿٥٥﴾
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، حق ތެދުމަގާއިގެން ހެއްޔެވެ؟ ނުވަތަ ކަލޭގެފާނުވަނީ، ކުޅޭމީހުންގެ ތެރެއިން ހެއްޔެވެ؟
قَالَ بَل رَّبُّكُمْ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلَّذِى فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّٰهِدِينَ﴿٥٦﴾
އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއީ، އިސްވެދިޔަ މިސާލަކާނުލައި، އެ ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނު ވަނީ، އެކަމުގެ މައްޗަށް ހެކިވާމީހުންގެ ތެރެއިންނެވެ.
وَتَٱللَّهِ لَأَكِيدَنَّ أَصْنَٰمَكُم بَعْدَ أَن تُوَلُّوا۟ مُدْبِرِينَ﴿٥٧﴾
އަދި اللَّه ގަންދީ ހުވާ ކުރައްވަމެވެ. ތިޔަބައިމީހުން ފުރަގަސްދީ ދިއުމަށްފަހު، ތިޔަބައިމީހުންގެ ބުދުތައް ހަލާކުކޮށްލުމަށް، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ގޮތެއް ރާއްވަވާހުށީމެވެ.
- صفحة ٣٢٧
فَجَعَلَهُمْ جُذَٰذًا إِلَّا كَبِيرًا لَّهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ﴿٥٨﴾
ފަހެ، އެއުރެންގެ ބޮޑު ބުދު ފިޔަވައި، އެކަލޭގެފާނު އެ ބުދުތައް މުގުރުއްވިއެވެ. (އެއީ) އެއުރެން އޭގެކައިރިޔަށް އައުމަށްޓަކައެވެ.
قَالُوا۟ مَن فَعَلَ هَٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّٰلِمِينَ﴿٥٩﴾
އެއުރެން ބުނޫއެވެ. ތިމަންމެންގެ إله ންތަކަށް މިހެންހެދީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އެ މީހަކުވަނީ އަނިޔާވެރިންގެ ތެރެއިންނެވެ.
قَالُوا۟ سَمِعْنَا فَتًى يَذْكُرُهُمْ يُقَالُ لَهُۥٓ إِبْرَٰهِيمُ﴿٦٠﴾
އެއުރެން ބުނޫއެވެ. إبراهيم އޭ ކިޔާ ޒުވާނަކު އެ އެއްޗިއްސަށް عيب ބަސް ބުނާއަޑު ތިމަންމެންއެހީމުއެވެ.
قَالُوا۟ فَأْتُوا۟ بِهِۦ عَلَىٰٓ أَعْيُنِ ٱلنَّاسِ لَعَلَّهُمْ يَشْهَدُونَ﴿٦١﴾
އެއުރެން ބުނޫއެވެ. ފަހެ، މީސްތަކުންގެ ކުރިމައްޗަށް އޭނާ ގެންނާށެވެ! (އެއީ) އެއުރެން ހެކިވުމަށްޓަކައެވެ.
قَالُوٓا۟ ءَأَنتَ فَعَلْتَ هَٰذَا بِـَٔالِهَتِنَا يَٰٓإِبْرَٰهِيمُ﴿٦٢﴾
އެއުރެން ބުނޫއެވެ. އޭ إبراهيم ގެފާނެވެ! ތިމަންމެންގެ إله ންތަކަށް މިހެން ހެއްދެވީ ކަލޭގެފާނުތޯއެވެ؟
قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَٰذَا فَسْـَٔلُوهُمْ إِن كَانُوا۟ يَنطِقُونَ﴿٦٣﴾
އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! އެކަންތައް ކުޅައީ އެ ބުދުތަކުގެ ތެރެއިން މިހިރަބޮޑުބުދެވެ. ފަހެ، އެ ބުދުތައް ވާހަކަ ދައްކާ ކަމުގައިވާނަމަ، ތިޔަބައިމީހުން އެބުދުތަކާ سؤال ކުރާށެވެ!
فَرَجَعُوٓا۟ إِلَىٰٓ أَنفُسِهِمْ فَقَالُوٓا۟ إِنَّكُمْ أَنتُمُ ٱلظَّٰلِمُونَ﴿٦٤﴾
ފަހެ، އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް رجوع ވެއްޖައޫއެވެ. ދެން އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކީ، ހަމަތިޔަބައި މީހުންނެވެ.
ثُمَّ نُكِسُوا۟ عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَٰٓؤُلَآءِ يَنطِقُونَ﴿٦٥﴾
ދެން އެއުރެންނަށް އިސްދަށަށް ޖެހެވުނެވެ. (އަދި ބުނޫއެވެ.) ހަމަކަށަވަރުން، މި ތަކެތި ވާހަކަ ނުދައްކާކަން ކަލޭގެފާނަށް އެނގިވަޑައިގެންފައިވާނެތެވެ.
قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمْ شَيْـًٔا وَلَا يَضُرُّكُمْ﴿٦٦﴾
އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ، ތިޔަބައިމީހުންނަށް އެއްވެސް ފައިދާއެއް ނުކުރާ، އަދި ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް اللَّه ފިޔަވައި، ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟
أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ أَفَلَا تَعْقِلُونَ﴿٦٧﴾
ތިޔަބައިމީހުންނަށާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް، ހަޑިހުތުރުކަންހުށްޓެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
قَالُوا۟ حَرِّقُوهُ وَٱنصُرُوٓا۟ ءَالِهَتَكُمْ إِن كُنتُمْ فَٰعِلِينَ﴿٦٨﴾
އެއުރެން ބުނޫއެވެ. ތިޔަބައިމީހުން ކަމެއްކުރަނީ ކަމުގައިވާނަމަ، އެކަލޭގެފާނު އަންދައިލާށެވެ! އަދި ތިޔަބައިމީހުންގެ إله ންތަކަށް نصر ދޭށެވެ!
قُلْنَا يَٰنَارُ كُونِى بَرْدًا وَسَلَٰمًا عَلَىٰٓ إِبْرَٰهِيمَ﴿٦٩﴾
(ދެން އެއުރެން އެކަލޭގެފާނު އަލިފާނަށް އެއްލިހިނދު) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ އަލިފާނާއެވެ! إبراهيم ގެފާނުގެ މައްޗަށް ފިނިކަމެއް ކަމުގައްޔާއި، أمان ކަމެއްކަމުގައި ވާށެވެ!
وَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَٰهُمُ ٱلْأَخْسَرِينَ﴿٧٠﴾
އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. ފަހެ، އެންމެ ބޮޑަށް ގެއްލެނިވެގެންވާ ބަޔަކުކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.
وَنَجَّيْنَٰهُ وَلُوطًا إِلَى ٱلْأَرْضِ ٱلَّتِى بَٰرَكْنَا فِيهَا لِلْعَٰلَمِينَ﴿٧١﴾
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، لوط ގެފާނު ސަލާމަތްކުރައްވައި، عالم ތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ.
وَوَهَبْنَا لَهُۥٓ إِسْحَٰقَ وَيَعْقُوبَ نَافِلَةً وَكُلًّا جَعَلْنَا صَٰلِحِينَ﴿٧٢﴾
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) إسحاق ގެފާނު ދެއްވީމެވެ. އަދި އިތުރަށް يعقوب ގެފާނު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ހުރިހާ ބޭކަލުންނަކީ، صالح ން ކަމުގައި ލެއްވީމެވެ.
- صفحة ٣٢٨
وَجَعَلْنَٰهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَآ إِلَيْهِمْ فِعْلَ ٱلْخَيْرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِ وَكَانُوا۟ لَنَا عَٰبِدِينَ﴿٧٣﴾
އަދި ތިމަންރަސްކަލާނގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންކަމުގައި، ތިމަންރަސްކަލާނގެ އެބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައް ކުރެއްވުމަށާއި، ނަމާދު قائم ކުރެއްވުމަށާއި، ޒަކާތްދެއްވުމަށް، ތިމަންރަސްކަލާނގެ އެބޭކަލުންނަށް وحى ކުރެއްވީމެވެ. އަދި ހަމައެކަނި، ތިމަންރަސްކަލާނގެއަށް އަޅުކަންކުރާބަޔަކު ކަމުގައި އެބޭކަލުން ވޫއެވެ.
وَلُوطًا ءَاتَيْنَٰهُ حُكْمًا وَعِلْمًا وَنَجَّيْنَٰهُ مِنَ ٱلْقَرْيَةِ ٱلَّتِى كَانَت تَّعْمَلُ ٱلْخَبَٰٓئِثَ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍ فَٰسِقِينَ﴿٧٤﴾
لوط ގެފާނަށް ތިމަންރަސްކަލާނގެ حكمة ތެރިކަމާއި، علم ދެއްވީމެވެ. އަދި ނުބައި ފާފަތައް ކޮށްއުޅުނު ރަށުގެ (މީހުންގެ) ކިބައިން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ، ނުބައިކަމުގެ أهل ވެރި، فاسق ބަޔަކު ކަމުގައެވެ.
وَأَدْخَلْنَٰهُ فِى رَحْمَتِنَآ إِنَّهُۥ مِنَ ٱلصَّٰلِحِينَ﴿٧٥﴾
އަދި ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް އެކަލޭގެފާނު ވެއްދެވީމެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، صالح ންގެ ތެރެއިންނެވެ.
وَنُوحًا إِذْ نَادَىٰ مِن قَبْلُ فَٱسْتَجَبْنَا لَهُۥ فَنَجَّيْنَٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ﴿٧٦﴾
އަދި އޭގެކުރިން، نوح ގެފާނު (ތިމަންރަސްކަލާނގެ حضرة އަށް) دعاء ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި ބޮޑުވެގެންވާނުރައްކަލުން އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ.
وَنَصَرْنَٰهُ مِنَ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَآ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍ فَأَغْرَقْنَٰهُمْ أَجْمَعِينَ﴿٧٧﴾
އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރި މީހުންގެ ކިބައިން (އެކަލޭގެފާނު ސަލާމަތްކުރައްވައި) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް نصر ދެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ ނުބައިކަމުގެ أهل ވެރި ބަޔަކު ކަމުގައެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ.
وَدَاوُۥدَ وَسُلَيْمَٰنَ إِذْ يَحْكُمَانِ فِى ٱلْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ ٱلْقَوْمِ وَكُنَّا لِحُكْمِهِمْ شَٰهِدِينَ﴿٧٨﴾
އަދި داود ގެފާނާއި، سليمان ގެފާނު ހަނދުމަކުރާށެވެ! قوم ގެމީހުންގެ ބަކަރިތަކެއް ދަނޑަކަށްވަދެ، ރޭގަނޑުގައި ހުއިހެފި مسألة ގައި، އެ ދެބޭކަލުން (ދެގޮތަށް) حكم ކުރެއްވި ހިނދެވެ. އަދި އެ ދެބޭކަލުން ކުރެއްވި حكم ގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވަމެވެ.
فَفَهَّمْنَٰهَا سُلَيْمَٰنَ وَكُلًّا ءَاتَيْنَا حُكْمًا وَعِلْمًا وَسَخَّرْنَا مَعَ دَاوُۥدَ ٱلْجِبَالَ يُسَبِّحْنَ وَٱلطَّيْرَ وَكُنَّا فَٰعِلِينَ﴿٧٩﴾
ފަހެ، ތިމަންރަސްކަލާނގެ سليمان ގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمة އާއި، علم ދެއްވީމެވެ. އަދި داود ގެފާނާއެކުގައި، تسبيح ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ.
وَعَلَّمْنَٰهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُم مِّنۢ بَأْسِكُمْ فَهَلْ أَنتُمْ شَٰكِرُونَ﴿٨٠﴾
އަދި ހަނގުރާމައިގައި، ތިޔަބައިމީހުން ރައްކާތެރިކުރުމަށް، ތިޔަބައިމީހުންނަށްޓަކައި، ދަހަނާހަދާނޭގޮތް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އުނގަންނައިދެއްވީމެވެ. ފަހެ، ތިޔަބައިމީހުންނީ شكر ކުރާ ބަޔެއް ހެއްޔެވެ؟
وَلِسُلَيْمَٰنَ ٱلرِّيحَ عَاصِفَةً تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَٰرَكْنَا فِيهَا وَكُنَّا بِكُلِّ شَىْءٍ عَٰلِمِينَ﴿٨١﴾
އަދި ތިމަންރަސްކަލާނގެ، سليمان ގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި (އެ) خدمة ތެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެ ބިމުގައި، بركات ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ.
- صفحة ٣٢٩
وَمِنَ ٱلشَّيَٰطِينِ مَن يَغُوصُونَ لَهُۥ وَيَعْمَلُونَ عَمَلًا دُونَ ذَٰلِكَ وَكُنَّا لَهُمْ حَٰفِظِينَ﴿٨٢﴾
އަދި شيطان ންގެ ތެރެއިން، އެކަލޭގެފާނަށްޓަކައި، ފީނާބަޔަކު (خدمة ތެރި ކުރެއްވީމެވެ.) އަދި އެނޫން އެތައް މަސައްކަތެއް އެބަޔަކު ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެ ބަޔަކު ބަލަހައްޓަވައި، ރައްކާތެރިކުރެއްވީމެވެ.
وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ﴿٨٣﴾
އަދި أيوب ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ.
فَٱسْتَجَبْنَا لَهُۥ فَكَشَفْنَا مَا بِهِۦ مِن ضُرٍّ وَءَاتَيْنَٰهُ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَٰبِدِينَ﴿٨٤﴾
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حال ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ންނާއި، އެ أهل ންނާއެކު ހަމަ އެފަދަ أهل ން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ.
وَإِسْمَٰعِيلَ وَإِدْرِيسَ وَذَا ٱلْكِفْلِ كُلٌّ مِّنَ ٱلصَّٰبِرِينَ﴿٨٥﴾
އަދި إسماعيل ގެފާނާއި، إدريس ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ.
وَأَدْخَلْنَٰهُمْ فِى رَحْمَتِنَآ إِنَّهُم مِّنَ ٱلصَّٰلِحِينَ﴿٨٦﴾
އަދި އެބޭކަލުން ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، صالح ންގެ ތެރެއިންނެވެ.
وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ﴿٨٧﴾
އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.
فَٱسْتَجَبْنَا لَهُۥ وَنَجَّيْنَٰهُ مِنَ ٱلْغَمِّ وَكَذَٰلِكَ نُـۨجِى ٱلْمُؤْمِنِينَ﴿٨٨﴾
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ.
وَزَكَرِيَّآ إِذْ نَادَىٰ رَبَّهُۥ رَبِّ لَا تَذَرْنِى فَرْدًا وَأَنتَ خَيْرُ ٱلْوَٰرِثِينَ﴿٨٩﴾
އަދި زكريّا ގެފާނު ހަނދުމަކުރާށެވެ! އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ.
فَٱسْتَجَبْنَا لَهُۥ وَوَهَبْنَا لَهُۥ يَحْيَىٰ وَأَصْلَحْنَا لَهُۥ زَوْجَهُۥٓ إِنَّهُمْ كَانُوا۟ يُسَٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا۟ لَنَا خَٰشِعِينَ﴿٩٠﴾
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيى ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ.
- صفحة ٣٣٠
وَٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَٰهَا وَٱبْنَهَآ ءَايَةً لِّلْعَٰلَمِينَ﴿٩١﴾
އަދި އެކަމަނާގެ فرج ރައްކާތެރިކުރެއްވި ކަމަނާ (އެބަހީ: مريم ގެފާނު) ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ روح ފުޅުން އެ ކަމަނާއަށް ފުމެލެއްވީމެވެ. އަދި އެކަމަނާއާއި، އެ ކަމަނާގެ ދަރިކަލުން عيسى ގެފާނު، عالم ތަކަށްވާ ހެތްކެއްކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ.
إِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ﴿٩٢﴾
ހަމަކަށަވަރުން، މިއީ، އެއް أمّة އެއް ކަމުގައިވާ ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!
وَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ كُلٌّ إِلَيْنَا رَٰجِعُونَ﴿٩٣﴾
އެއުރެންގެ މެދުގައި، ދީނުގެ ކަންތައްތަކާމެދު خلاف ވެ، ވަކިވަކިވެގަތޫއެވެ. އެއިން ކޮންމެ ބަޔަކީވެސް، ތިމަންރަސްކަލާނގެ حضرة އަށް رجوع ވާނޭ ބަޔެކެވެ.
فَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهِۦ وَإِنَّا لَهُۥ كَٰتِبُونَ﴿٩٤﴾
ފަހެ، إيمان ވެހުރެ صالح عمل ތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ عمل ގެއްލިއެއް ނުދާނެތެވެ. އަދި އެމީހާގެ عمل ތައް ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ.
وَحَرَٰمٌ عَلَىٰ قَرْيَةٍ أَهْلَكْنَٰهَآ أَنَّهُمْ لَا يَرْجِعُونَ﴿٩٥﴾
ތިމަންރަސްކަލާނގެ ހަލާކުކުރެއްވި ރަށެއްގެ أهل ވެރިން އެނބުރި (ދުނިޔެއަށް) ނާންނާނެކަމަށް އެއުރެންގެ މައްޗަށް ކަނޑައަޅުއްވާފައިވެއެވެ.
حَتَّىٰٓ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ﴿٩٦﴾
يأجوج مأجوج ބާގައިމީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ.
وَٱقْتَرَبَ ٱلْوَعْدُ ٱلْحَقُّ فَإِذَا هِىَ شَٰخِصَةٌ أَبْصَٰرُ ٱلَّذِينَ كَفَرُوا۟ يَٰوَيْلَنَا قَدْ كُنَّا فِى غَفْلَةٍ مِّنْ هَٰذَا بَلْ كُنَّا ظَٰلِمِينَ﴿٩٧﴾
އަދި حق ތެދު وعد (އެބަހީ: قيامة ވުމުގެ ވަގުތު) ގާތްވެއްޖެއެވެ. ފަހެ، އެހާރުން كافر ވި މީހުން (ބިރުން) ލޯތައް ބޮޑުވެފައިވާނެތެވެ. (އަދި ބުނާނެތެވެ.) އޭ ތިމަންމެންނަށްހުރި ހަލާކެއްގެބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންތިބީ، މިކަންތައްތަކާމެދު غافل ކަމެއްގައެވެ. އަދި ކިއެއްތަ! ތިމަންމެންވީ، އަނިޔާވެރި ބަޔެއްކަމުގައެވެ.
إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ﴿٩٨﴾
ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ، ނަރަކައިގެ ދަރެވެ. ތިޔަބައިމީހުން އެތަނަށް ވަންނަހުށްޓެވެ.
لَوْ كَانَ هَٰٓؤُلَآءِ ءَالِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَٰلِدُونَ﴿٩٩﴾
މި ތަކެއްޗަކީ، إله ންތަކެއް ކަމުގައިވީނަމަ، އެ ތަކެތި އެ ތަނަކަށް ނުވަނީހެވެ. އަދި އެހުރިހާތަކެތި އެތާނގައި ދެމިތިބޭނެތެވެ.
لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ﴿١٠٠﴾
އެތާނގައި އެއުރެން ނޭވާލާ އަޑުފަށްގަނޑު ހުންނާނެތެވެ. އަދި އެއުރެންނަކަށް އެތާނގައި އަޑެއް ނީވޭނެތެވެ.
إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَٰٓئِكَ عَنْهَا مُبْعَدُونَ﴿١٠١﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެ ބަޔަކަށް ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ، އެ ނަރަކަޔާ ދުރުކުރައްވާފައެވެ.
- صفحة ٣٣١
لَا يَسْمَعُونَ حَسِيسَهَا وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَٰلِدُونَ﴿١٠٢﴾
އެއުރެންނަކަށް އެތާނގެ އަލިފާނުގެ އަޑެއްވެސް ނީވޭނެތެވެ. އަދި އެއުރެން ހިތްއެދޭ ކަންތައްތަކުގައި (ސުވަރުގޭގައި) އެއުރެން ދެމިތިބޭނެތެވެ.
لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَٰٓئِكَةُ هَٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ﴿١٠٣﴾
އެންމެބޮޑު ބިރުވެރިކަން (އެބަހީ: قيامة ދުވަހުގެ ބިރުވެރިކަން) އެއުރެންނަކަށް އެއްވެސް ހިތާމައެއް ނުދޭހުށްޓެވެ. އަދި ملائكة ން އެއުރެންނާ ބައްދަލުކުރައްވާނެތެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންނަށް وعد ކުރައްވާ ކަމުގައިވީ ދުވަހަކީ މިއެވެ.
يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُۥ وَعْدًا عَلَيْنَآ إِنَّا كُنَّا فَٰعِلِينَ﴿١٠٤﴾
އެދުވަހަކީ، ފޮތްތަކުގެ ފަތްފުށް ފަތްޖަހައިލެވޭ ފަދައިން، ތިމަންރަސްކަލާނގެ އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ. އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން إعادة ކުރައްވާ ހުށީމެވެ. އެއީ ތިމަންރަސްކަލާނގެ މައްޗަށްއޮތް وعد އެކެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންތައް ކުރައްވާހުށީމެވެ.
وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّٰلِحُونَ﴿١٠٥﴾
ހަމަކަށަވަރުން، توراة ގެ ފަހުން زبور ގައި ތިމަންރަސްކަލާނގެ ލިޔުއްވީމެވެ. ހަމަކަށަވަރުން، ބިން ވާރުތަވެ މިލްކުވާހުށީ، ތިމަންރަސްކަލާނގެ صالح އަޅުންނަށެވެ.
إِنَّ فِى هَٰذَا لَبَلَٰغًا لِّقَوْمٍ عَٰبِدِينَ﴿١٠٦﴾
ހަމަކަށަވަރުން، އަޅުކަންކުރާ ބަޔަކަށް ފުދޭވަރުގެ އެންގުމެއް، މީގައިވާކަން ކަށަވަރެވެ.
وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ﴿١٠٧﴾
އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ.
قُلْ إِنَّمَا يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَهَلْ أَنتُم مُّسْلِمُونَ﴿١٠٨﴾
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް وحى އިއްވަވާކަން ކަށަވަރީ، ތިޔަބައިމީހުންގެ إله އަކީ، އެއްކައުވަންތަ إله އެއް ކަމަށެވެ. ފަހެ، ތިޔަބައިމީހުންނީ (އެކަން قبول ކޮށް) إسلام ވާ ބަޔެއް ހެއްޔެވެ؟
فَإِن تَوَلَّوْا۟ فَقُلْ ءَاذَنتُكُمْ عَلَىٰ سَوَآءٍ وَإِنْ أَدْرِىٓ أَقَرِيبٌ أَم بَعِيدٌ مَّا تُوعَدُونَ﴿١٠٩﴾
ދެން އެއުރެން ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ސާފުކޮށް (حق ގޮތް) އަންގަވައި ދެއްވައިފީމެވެ. އަދި ތިޔަބައިމީހުންނަށް وعد ކުރައްވާ ދުވަސްއޮތީ، ގާތުގައިކަން ނުވަތަ ދުރުގައިކަން ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
إِنَّهُۥ يَعْلَمُ ٱلْجَهْرَ مِنَ ٱلْقَوْلِ وَيَعْلَمُ مَا تَكْتُمُونَ﴿١١٠﴾
ހަމަކަށަވަރުން، ފާޅުގައި ބުނެވޭބަސްތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ.
وَإِنْ أَدْرِى لَعَلَّهُۥ فِتْنَةٌ لَّكُمْ وَمَتَٰعٌ إِلَىٰ حِينٍ﴿١١١﴾
(ތިޔަބައިމީހުން ލެހެއްޓެވިކަން) އެއީ، ތިޔަބައިމީހުންނަށްވާ امتحان އެއްކަން، ނުވަތަ ވަކި މުއްދަތަކާ ޖެހެންދެން ލިބޭވަގުތީ އުފަލެއްކަން، ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވަތެވެ.
قَٰلَ رَبِّ ٱحْكُم بِٱلْحَقِّ وَرَبُّنَا ٱلرَّحْمَٰنُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ﴿١١٢﴾
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! (މި އަޅާއާއި، مشرك ންނާ ދެމެދު) حق ގޮތުގައި حكم ކުރައްވާނދޭވެ! އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާފަރާތަކީ، އަޅަމެންގެ ވެރި، رحمن ވަންތަ ރަސްކަލާނގެއެވެ.